މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދުއާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއާއި ބައްދަލުކުރައްވައފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ޖަފާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ އިއްޔެއެވެ.

މިދަތުރުފުޅުގައި ޖަޕާނުގެ ޚާރިޖީ ވަޒީރު، މޮޓޭގީ ޓޮޝިމިޓްސު އާ މިއަދު ޓޯކިޔޯގައި ބައްދަލުކުރައްވާ ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާތައް ބާއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޖަޕާނާ ރާއްޖެއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގައި ދެ ޤައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައިވެސް މިއަދުވަނީ ސޮއިކުރެވިފައެވެ.
މީގެއިތުރުން ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 500,000,000 (ފަސް ސަތޭކަ) މިލިއަން ޖަޕަނީސް ޔެންގެ ހިލޭއެހީ ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.