ސިނަމާލެ ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެ ސަރަހައްދުގައި އިތުރު އެކްސިޑެންޓެއް ހިނގައިފިކަމުގެ މަޢުލޫމާތު ވަނީ މި ނޫހަށް ލިބިފައެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އެކްސިޑެންޓް ހިނގައިފައިވަނީ ސައިކަލެއް ކަހާލައިގެންނެވެ. އަދި އެ ސަރަހައްދުގައި މަޑުކުރި އެހެން ސައިކަލެއްގައި ދުއްވާފައި ދިޔަ ސއިކަލެއް ޖެހި ވަނީ އިތުރު އެކްސިޑެންޓެއް ހިނގައިފައެވެ.
ފުލުހުން ވިދާޅުވީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭ ހަތަރު ލޭނު ސަރަހައްދުން ކަހާލައިގެން ދިޔަ މަންޒަރު ބަލަން ފަހަތުން އައި ސައިކަލެއް މަޑުކޮށްގެން އިންދާ، އޭގެ ފަހަތުން އައި ސައިކަލެއް މަޑުކޮށްގެން އިން ސައިލުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:06 އެހާކަންހާއިރުކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓްގައި ކަހާލި ސައިކަލުގައި އިން މީހާއާއި، އެކްސިޑެންޓްވި ސައިކަލުގައި އިން މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށާއި، އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓްގައި ކަހާލި ސައިކަލަށާއި އެކްސިޑެންޓްވި އެއް ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.
މި ހާދިސާގައި 3 ސައިކަލް ދުއްވަން ހުރި 3 މީހުންއަތުގައިވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.



