ސައުދީގެ އެންމެ ފުރަތަމަ އަންހެން ސްޕޯޓްސް ކޮމެންޓޭޓަރ

ފާއިތުވި ދުވަސްތަކަކީ، ސައުދީގައި އެޤައުމުގެ އަންހެނުންނުން ފިރިހެނުންކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް އަދާކޮށް، ގައުމުގައި އަންހެނުން ބާރުވެރިވަމުން އަންނަ ދުވަސްތަކެކެވެ.

ފިރިހެނުންގެ ހިތް އެކަމަކަށް އެންމެ ގިނައިން ހުސްކޮށްފައި އޮންނަ އެއްކަމަކީ ކުޅިވަރެވެ. އަދި އެދާއިރާގައި އެންމެ އިސް ސަފުގައި ޝާމިލުވެ އުޅޭނީވެސް ފިރިހެނުންނެވެ. ނަމަވެސް މިފަހަރު މިވަނީ ސައުދީގެ އަންހެނެއް މިކަމުގެ މުގުލުގައި ހިފާލައިފައެވެ.

ސައުދީގެ ޓީވީ ހުށައެޅުންތެރިއެއް ކަމުގައިވާ "ހީލާ އަލް ފައްރާޖު" ވެފައިމިވަނީ ސައުދީގައި މިހާތަނަށް އެންމެ ފުރަތަމަ އުފެދުނު ކުޅިވަރު ސްޕޯޓް ކޮމެންޓޭޓަރަށެވެ.

އަލް ފައްރާޖަށް މި ފުރުސަތު ލިބިފައި މިވަނީ، ސައުދީގައި އެންމެ ފުރަތަމަ ބާއްވާ އަންހެނުންގެ ފުޓުބޯޅަ މުބާރާތަކުންނެވެ. މިއީ ސައިދީގައި އެންމެ ފުރަތަމަ މިކަހަލަ ބޮޑު އަންހެނުންގެ ފުޓުބޯޅަ މުބާރާތެއް ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ.

މީޑީއާއާ ވާހަކަދަކަމުން އަލް ފައްރާޖު ބުނެފައިވަނީ، ސައުދީގެ އެންމެފުރަތަމަ އަންހެން ސްޕޯޓްސް ކޮމެންޓޭޓަރއަކަށް ވުމުގެ ފުރުސަތު ލިބުމުން މިހުރީ އުފަލުން ފޮޅިފައިކަމަށެވެ. އަދި މި ފަދަ ފުރުސަތެއް ލިބުމަށް އޭނާއަށް މުދެވެރިވީ، ބްރޯޑްކާސްޓިން ދާއިރާގައި ލިބިފައުވާ ތަޖުރިބާގެ ސަބަބުންކަމަށް އޭނާ ފާހަގަކުރިއެވެ.

ސައުދީ އަރަބިއްޔާގެ އަންހެނުން ގައުމުގެ އެކިދާއިރާތަކުގައި ބާރުވެރިވަމުން އަންނައިރު، 2018 ވަނަ އަހަރު ވަނީ އަންހެނުންނަށް އެންމެ ފުރަތަމަ ބޭއްވުނު ސައިކަލު ރޭހެއްވެސް އެ ގައުމުގައި ބާއްވަފައެވެ. އަދި އޭގެ ފަހުން އަންހެނުންނަށް އެންމެ ފުރަތަމަ ބޭއްވުނު ބާސްކެޓް މުބާރާތެއްވެސް ވަނީ ސައުދީގައި ބާއްވަފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ