އަންހެނުންތަކެއްގެ މެދުގައި މާރާމާރީ ހިންގަނީ

ފޮޓޯތަކެއްގެ މައްސަލައެއްގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި

ފޮޓޯތަކެއްގެ މައްސަލައެއްގައި އަންހެނުންތަކެއް ކުރި ޒުވާބެއް ހޫނުވެ މާރާމާރީ ހިންގައިފިއެވެ.

މި މާރާމާރީގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު، ބެލެވޭ ގޮތުގައި އެ މާރާމާރީ ހިނގާފައިވަނީ ގއ. ދެއްވަދޫގައެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، މަގެއްގައި މަޑުކޮށްގެން ތިބި އަންހެނުންތަކެއް ކައިރިއަށް އިތުރު އަންހެނެއް އައިސް "ފޭސްބުކަށް ލާން ނެގި ފޮޓޯ ދައްކަން" ބުނުމާއެކު އެކީގައިހެން އެ ޝަކުވާއާއިގެން އައި އަންހެން މީހާ މަގުގައި މަޑުކޮށްގެން ތިބި އަންހެނެއްގެ ކަންކަށިމަތީގައި ބާރަށް ޖަހާ މަންޒަރެވެ.

ކަންކަށިމަތީގައި ޖަހާފައި އެ އަންހެންމީހާ ދާން މަސައްކަތްކުރިއިރު، އަނިޔާލިބުނު އަންހެން މީހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެ އަންހެން މީހާއަށް ރައްދުގައި ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެއާއެކު އެ ދެމީހުން ދުރުކުރަން އެހެން އަންހެނަކު އައިސް ދުރުކުރަން މަސައްކަތް ކުރެއެވެ.

އެއަށްފަހު ހިނގި ޒުވާބުގެ ތެރޭގައި އިތުރު ދެމީހަކުވެސް އެކަކު އަނެކަކު ގަައިގައި ބައްދައިގަނެގެން އުޅޭ މަންޒަރު ކޮންމެވެސް ވަރަކަށް ވީޑިއޯއިން ފެނެއެވެ.

Video adhi Photo thakeh negi massalaiga Rashehge anhen verin thakegge Thereyga Hingi Hama nujehun hingaa maaraamaaree video social media ga Dhauruvaan Fashaafi.

Posted by Ali Shahid Step Ayya on Wednesday, October 2, 2019

ދެކުނުގެ ރަށެއްގައި ހިނގާފައިވާ ހާދިސާއަކަށްވާއިރު، ވާހަކަދައްކާ ބަހުރުވައިގެ ތަފާތެއް ހުރުމާއި، ގިނަ ބަޔަކު ކުރާ ޒުވާބަކަށްވާތީ، އެމީހުން ޒުވާބު ކުރަނީ ސީދާ ކޮން ކަމަކާކަން ސާފެއް ނުވެއެވެ. ނަމަވެސް ފޮޓޯތަކެއް ދައްކާށޭ ބުނާކަން ސާފުވެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މި ހަފްތާގެ ތެރޭގައި މާލޭގައި ރަސްފަންނުގައިވެސް އަށާރަ އަހަރުން ދަށުގެ އަންހެން ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ