އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން ކުދިންނާ އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ ކަމީ ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި އަދި އިޖްތިމާޢީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ ޢަމަލެއް ކަމަށް ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މިކަން މުޖްތަމަޢުން މުޅިން ލުހެލުމަށް ޓަކައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށްވެސް ރައީސް މަޢުމޫންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މިކަން މުޖްތަމަޢުން މުޅިން ލުހެލުމަށް ޓަކައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހޭ. @presidencymv @MoGFSSmv @PoliceMv @PGO_MV @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) July 4, 2020
ރާއްޖޭގައި މިހާރަކަށް އައިސް ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބޮޑުވެފައިވާއިރު މިދުވަސްވަރު ޖިންސީ ގޯނާއާއި ރޭޕްއާއި ދެކޮޅަށް ރައްޔިތުން ދަނީ މަގުމަތީ އިޙްތިޖާޖުކޮށް ސުޢޫރު ފާޅުކުރަމުންނެވެ.