ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

ޕެންޝަން ފައިސާއިން ހައްޖަށް ދިއުމަށް ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން މިހާރު ދެމުންގެންދާ 5000 ރުފިޔާގެ އެލަވަންސަކީ ޕެންޝަންގެ ގޮތުގައި ދޭ އަދަދެއްގެ ގޮތުގައި ކަނޑައެޅުމަށް، ޕެންޝަން ފަންޑަށް އަސްލަމް ހުށަހެޅުއްވި އިސްލަހުގައި ކަނޑައަޅާފައިވާއިރު، އެ އެލަވަންސަކީ މީގެކުރިން އެއްވެސް ގާނޫނެއްގެ ދަށުން ދޭ އެލަވަންސެއް ނޫނެވެ.

ސަރުކާރު ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މި ބިލަށް، ކޮމެޓީގައި ދިރާސާކުރުމަށްފަހު އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

އަސްލަމްގެ އިސްލާހުގައިވާ ގޮތުން، އަލަށް ހަދާ ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވާނެއެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް