ރަވާއު މިނިވަން ކުރުމަށް ގޮވާލައި މީސްމީޑިއާގައި ދައުރުވާ ފޮޓޯއެއް

ޝަހިންދާ މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 5 ދުވަސް

އިސްލާމްދީނަށް ފުރައްސާރަކޮށް ބަޔާން ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ، ޝަހިންދާ އިސްމާޢީލް މަރާލާނެކަމަށް ބުނި މައްސަލާގައި އިއްޔެ ފުވައްމުލަކު ސިޓީން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 5 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދީފިއެވެ.

މި މައްސަލާގައި ފުވައްމުލަކު ސިޓީން އިއްޔެ ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ޢަލީ ރަވާއުއެވެ. ރަވާއު ވަނީ ޓްވިޓާގައި ޝަހިންދާ މަރާލަން ފަހެއް ނުޖެހޭނެ ކަމަށް ބުނެފައެވެ.

ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި ރަވާއުގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް ފުލުހުން ވަނީ ކޯޓުގައި އެދިފައެވެ. ނަމަވެސް، ގާޒީ ރަވާއުގެ ބަންދަށް ޖަހައިދީފައިވަނީ 5 ދުވަހެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ޒުވާނަކު ހައްޔަރު ކޮށްފައެވެ.

އެމްޑީއެން އިން ނެރެފައިވާ އިސްލާމް ދީނާއި ޚިލާފު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާއަށާއި، އެރިޕޯޓް ލިޔުނު ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ގިނަ ރައްޔިތުންތަކެއް ދަނީ ގޮވާލަމުންނެވެ. އަދި އެ ރިޕޯޓް ކުއްވެރިކޮށް ވަރަށް ގިނަ ކައުންސިލް ތަކުން ވަނީ ބަޔާންވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ