ޔާމީންގެ ވާހަކަ ތައްވެސް ތަޙްޤީޤު ކުރެއްވުމަށް ޝަހިންދާ އެދެފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އާއްމު ތަޤްރީރު ތަކުގައި ދައްކަވައިފައިވާ ވާހަކަފުޅުތައްވެސް ތަޙްޤީޤްކުރެއްވުމަށް އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލް އެދެފިއެވެ.

ޝަހިންދާ މިހެން ވިދަޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައިވާ ވާހަކަ ތަކުގެ މައްޗަށް ކުރިޔަށް ގެންދިޔަ ޢިލްމީ ދިރާސާގެ އިނިޝަލް ފައިންޑިންގްސް ޔޫތް މިނިސްޓްރީ އާއި ހިއްސާ ކުރެއްވުމާއި ގުޅިގެންނެވެ.

ޝަހިންދާ ވަނީ އެ ރިޕޯޓް ލިޔުނު ފަރާތްތަކުގެ ހިތުގައިވާ ކަންކަން ނުވަތަ ނިޔަތް ދެނެގަނެވިފައިވޭތޯ ސުވާލު އުފައްދަވާފައެވެ.

"ރިޕޯރޓް ލިޔުނު މީހުންގެ ނިޔަތް ދެނެގަތުމަށްޓަކައި މަނިކުފާނުގެ ތަޙްޤީޤް ވެރިންނާއި ޢިލްމުވެރިން ޓެލެޕަތީގެ ބޭނުން ކުރެއްވިކަމަށް ވެސް މިނިސްޓްރީއަށް އެންގެވިންތޯ؟" ޝަހިންދާގެ ޓުވީޓްގައި ވެއެވެ. އެހެން ކަމުން ކުރީގެ ރައީސް ޔާމީންގެ އާއްމު ތަޤްރީރު ތަކުގައި ދައްކަވައިފައިވާ ވާހަކަފުޅުތައް ތަޙްޤީޤްކުރަން ވެސް "ޓެލެޕަތީގެ" ބޭނުން ކުރެއްވުމަށް ޝަހިންދާ ވަނީ އެދިފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ހެދި ޢިލްމީ ދިރާސާއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަމަށާއި އިސްލާމްދީނާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކޮށްފައިވާކަމަށް، ފުލުހުން ހެދި ޢިލްމީ ދިރާއިސް ފެންނަ ކަމަށް ޔޫތް މިނސިްޓްރީއަށް ޙިއްސާކުރައްވާފައިވާކަމަށެވެ.

ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މި ދެމީހުންނަށްވެސް ފުލުހަށް ހާޒިރު ވުމަށް ވަނީ ދެ ހަފްތާގެ ނޯޓިސްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ސޭނާ

    ކަލޭ ****ޅިޔޭނުކިއާ ދެންވެސް އަވަހައް ތައުބާވެބަލަ

  2. Kaley

    Kaley mamma. Tha eiee

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ