ބަޖެޓް 2019 - ފޮޓޯ: އަވަސް

އަންނަ އަހަރަށް 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް!

2020 2020 އަހަރަށް ލަފާކޮށް، 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުންނެވެ. އެބަޔާނުގައި ވާގޮތުން އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ހުށަހަޅާއިރު، އެ ބަޖެޓްގެ ޖުމްލަ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 37 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުން އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބަޖެޓް ޑެފެސިޓް ޖީޑީޕީގެ ނިސްބަތުން 6.5 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެއެވެ.

އަހަރު ނިމެން ދެމަހަށް ވެފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގެ އިތުރުން އިތުރު އެއްވެސް މަޢުލޫމާތެއްފިނޭންސް މިނިސްޓްރީ ހާމަކޮށްފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ 9.6 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ