ވިއްސާރަ ދުވަހެއްގައި ރަށެއްގެ ބަނދަރުމަތި - ފެށުން ފޮޓޯ: ވިސާމް

ބޯކޮށް ވަރޭ ވެހޭނެ ކަމަށް ލަފާކޮށް އުުތުރާއި މެދުތެރޭގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފި

ބޯކޮށް ވަރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުުތުރުގެ ހުރިހާ ރަށަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކޮޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަަމަށެވެ.

މުޅިރާއްޖެއަށްވެސް ވިއްސާރަކުރަމުންދާއިރު، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މިކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނގުއުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށާއި، މިކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ