މަންތާ އެއަރގެ 3 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އަދި ރާއްޖޭގެ ތިން ވަނަ ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ މަންތާ އެއަރގެ 3 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މަންތާ އެއަރގެ 3 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު، މިމަހު ކުރީކޮޅު މަންތާ އެއަރއިން ވަނީ 2 ސީޕްލޭނެއް ގެނެސްފައެވެ. މަންތާ އެއަރއިން ސީޕްލޭންތައް ގެންނަމުން މިދަނީ އަންނަމަހު ސީޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށް މަންތާ އެއަރއިން ބުނެއެވެ.

3 ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު އަންނަ އާދީއްތަ ދުވަހު 4 ވަނަ ސީ-ޕްލޭން ރާއްޖެ ގެންނާނެކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ. އަދި ޖުމްލަ 10 ސީ ޕްލޭން މަންތާ އެއަރގެ ސީ ޕްލޭން ފްލީޓްގައި ހިމެނޭނެކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރއިން ބުނީ އަންނަމަހު ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޚިދުމަތް ފަށާނީ މިހާރު އެއަރލައިނުން ޚިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިސޯޓްތަކަށްކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ. މަންތާ އެއަރއިން ބުނީ ކުރިއަށް އޮތްތަނުގައި ސީ ޕްލޭންގެ ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާއި އެޑްވާންސް ބުކިންގ ޚިދުމަތް ދެމުންދާނެކަމަށެވެ.

މަންތާ އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ