ޔުނިވާސަލް އިން ހިންގަމުން އަންނަ މަންތާ އެއާގެ އޮޕަރޭޝަން ކޮވިޑް-19 އާ ގުޅިގެން މަޑު ޖައްސާލާފައެވެ.
"ފެށުން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާލައިންގެ ބައެއް ބޑޭރު ޕައިލެޓުންނާއި މުވައްޒަފުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައިވާއިރު، އަނބުރާ ޤައުމަށް ނުދެވިފައި ބައެއް ޕައިލެޓުން ރާއްޖޭގައި އެބަތިއްބެވެ.
މަންތާ އެއާގެ އޮޕަރޭޝަންތައް މަޑުޖައްސާލިއިރު، ޔުނިވާރސަލްގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދުކޮށް، މުސާރަ ލިބޭގޮތަށް މުވައްޒަފުންނަށް ހާއްޞަ ޗުއްޓީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފްލައިޓްތައް ހުއްޓާލުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ޔުނިވާސިލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުންފުންޏަކަށް އެކުންފުނިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް އަދި ހިންގުންވެސް ހުއްޓާނުލައި ކުރިއަށްގެންދަން މަސައްކަތްކުރަމުންދާ ކަމަށްވެސް ޔުނިވަރސަލް އިން ބުނެފައިވެއެވެ.



