ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސެއް މާލެއިން ފެނިފައިވާ މިދަނޑިވަޅުގައި މަންތާ އެއަރއިން ޗާޓަރ ފްލައިޓްތައް މެދުކަނޑާލައިފިއެވެ.
މަންތާ އެއަރއިން ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ލޮކްޑައުން ކުރަން ނިންމާ އިޢުލާންކުރުމާއި ގުޅިގެން އެ އެއަރ ލައިނުން ކުރަމުންދިޔަ ޗާޓަރ ފްލައިޓްތައް މެދުކަނޑާލަން ނިންމާލާފައިވާކަމަށެވެ.
Due to the current lockdown situation and due to HPA’s announcement, we are suspending all planned charter flights until we get updates regarding the current situation.
— Manta Air (@MantaAir) April 15, 2020
We hope you will continue to fly with us when the time is right.#StaySafe #TravelSafe
އަދި މިޙާލަތު ބަދަލުވުމާއެކު މިނިންމުމަށް ބަދަލުގެންނާނެކަމަށްވެސް މަންތާ އެއަރއިންވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މަންތާ އެއާއިންވަނީ މީގެކުރިން އެ އެއާލައިނުން ކުރަމުން އައި ތާވަލް ދަތުރުތައް ހުއްޓާލައިފައެވެ. އަދި މިއަދާ ޖެހެންދެން އެ އެއާލައިނުން ހަމައެކަނި ކުރަމުން ގޮސްފައިވަނީ ޗާޓަރ ދަތުރުތަކެވެ.
މަންތާ އެއަރއަކީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިންވަނަ އެއަރލައިނެވެ. މަންތާ އެއަރގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ޚިދުމަތްދޭ އެހެން އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، ފްލައިމީ އަދި ސީޕްލޭންގެ ޚިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއަރވޭޒްއެވެ.



