ރާއްޖެ ކައިރީ އުފެދުނު ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެއްޖެ

ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވިދާޅުވީ، މިހާރު ކޮޅިގަނޑު ހުރީ ހއ.ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައި ކަމަށެވެ.

"ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު މިވަނީ އިތުރަށް ބާރުގަދަވެ "ޑިޕްރެޝަނަކަން" (ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލު ވެފައި." މެޓް އޮފީހުން ވިދާޅުވިއެވެ.

މިކޮޅިގަނޑާއި ގުޅިފައިވާ ބޯވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުންދާ ކަމަށާއި، ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެއާއި ދުރަށް ޖެހެމުން ދާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އެއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި ގަދަ ވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

"ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެން." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ