އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މިސްރުގެ ރޭލު އިސްޓޭޝަންއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ 20 މީހުން މަރުވެ 40 ހަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
އަލިފާން ރޯވުމަށް މެދުވެރިވީ، ބާރަށް ދުއްވާފަ ދިޔަ ރޭލުގެ ދުވެލި މަޑުނުކުރެވުމުގެ ސަބަބުން، ސްޓޭޝަންގެ ސިމެންތި "ބަފަރ ސޮޓެޕް" އެއްގައި ޖެހުމާއެކު ރޭލުގެ ޑީސްލް އިންޖީން ފަޅައިގެންދިއުމުންކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ހާލު ވަރަށް ސީރިއަސްވެފައިވާއިރު، އަނިޔާވެފައިވާ މީހުންގެ ތެރެއިން ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކޮށްދިނުމަށް އެދި މީސްމީޑިއާގައި ގިނަ ބަޔަކު އެދިފައިވެއެވެ.
ހާދިސާ ހިނގާފައިވާ ވަގުތު އާންމުން ނަގައިފައިވާ ވީޑިއޯތަކެއް މިހާރު އާއްމުވެފައިވާއިރު، ވީޑީއޯއިން ފެންނަނީ، ރޭލު ސްޓޭޝަންގެ ސިމެންތި ސްޓޮޕްގައި ޖެހުމާއެކު، ގިނަ ބަޔަކު ސަލާމަތްވުމަށް ދުވާތަނެވެ.
"އަހަރެން ހުރީ އޭރު އެތާ. އަދި އަހަރެން ދުށިން ރޭލު ބާރުދުވެލީގައި ގޮސް ސިމެންތި ބްލޮކްގައި ޖެހުނުތަން" މަންޒަރު ދުން މީހަކު މީޑީއާ ވަހަކަ ދައްކަމުން ބުނެފައިވެއެވެ.
މިހާދިސާ ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ، ރޭލަކީ ދުވެލި ބާރުވުމަށް ވަގުތު ނަގާ އުޅަނދެއް ކަމަށާއި، މީހަކު ރޭލުގެ ދުވެލި އެންމެ ބާރުކުރުމަށްފަހު ރޭލުން ފޭބުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މި ހާދިސާއާ ބެހޭގޮތުން މިސްރުގެ ޕްރައިމް މިނިސްޓަރ ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކުން މިހާދިސާ ހިނގަން މެދުވެރިވީ ކާކުގެ ސަބަބުން ކަން ހޯދަންޖެހޭނެ ކަމަށެވެ. އަދި އެމީހަކަށް ހައްޤު އަދަބު ލިބޭނެކަމަށް ޕްރައިމް މިނިސްޓަރ ވައުދުވިއެވެ.
މިސްރުގެ ރޭލު އިސްޓޭޝަން ނިޒާމުތަކަކުގެ ސަލާމަތީ ރައްކާތެރިކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، 2017 ވަނަ އަހަރު މިސްރުގައި ވަނީ 1،793 ނުރައްކާތެރި ރޭލު އެކްސިޑެންޓް ހާދިސާތައް ހިނގާފައެވެ.