އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލްކުރި މައްސަލާގައި ގޮތް ނިންމަން ޕީޖީއަށް 2 ދުވަސް

ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލްކުރި މައްސަލަ ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް 2 ދުވަސް ދީފިއެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމާމެދު ކުރިއަށްއޮތް ރަސްމީ ދެދުވަސް ތެރޭގައި ގޮތެއް ނިންމަން އުއްތަމަ ފަނޑިޔާރުވަނީ ޕީޖީއަށް އަންގައިފައެވެ.

މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާޔަތްތެރިވި މައްސަލާގައި ކުރި ޙުކުމް ބާޠިލްކޮށް އަލުން އެމައްސަލަ ބަލަން ހައިކޯޓުން ކުރިމިނަލް ކޯޓަށް އެންގި ނަމަވެސް ކުރިމިނަލް ކޯޓުންވެސް ވަނީ އެމައްސަލަ ނުބަލަން ނިންމައި މައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ތަޙްޤީޤަށް އެއްބާރުލުން ދިނުމާގުޅޭގޮތުން އަދީބުއާއި ވެފައިވާއި އެއްބަސްވުމުގެ ދަށުން އަދީބާ ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބު ކުށަށް އިޢުތިރާފުވާ ޙާލަތުގައި މި މައްސަލަ ކުރިއަށް ނުގެންދާން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އަދީބު ތަހްގީޤުގައި އިއުތިރާފުވެފައިވާ ކުށްތަކުގައި ކޮށްފައިވާ ދައުވާއަށް ކުރިމިނަލް ކޯޓުގައި އިންކާރުކޮށްފިނަމަ މިމައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ޖެހޭނެކަމަށް ވަކީލް ވިދާޅުވިއެވެ.

ވަކީލްގެ މިވާހަތަކާއި ގުޅިގެން ވަރަށް ބޮޑަށް ކޯފާވެ އިންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއްނޫން ކަމަށާ، ބޭނުންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް ރަސްމީ ދެދުވަހުގެ ތެރޭގައި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ޕީޖީން ގޮތެއް ނިންމަން އެންގެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ