ދިރާގު ހެޑްއޮފީސް - ފެށުން ފޮޓޯ: ވިސާމް

ދިރާގު އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފި

ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައި އެ ނެޓްވޯކް ބޭނުންކުރާ ކަސްޓަމަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެއްޖެއެވެ.

މިރޭ ބުރޫއަރާފައިވަނީ ދިރާގު އިންޓަނެޓްގެ ޚިދުމަތަށެވެ. އެގޮތުން މޮބައިލް އިންޓަނެޓާއި، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ދިރާގު އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރާފައިވަނިކޮށް މިރޭ ދިރާގުން ބުނެފައިވަނީ، އެ ކުންފުނީގެ ބައެއް އިންޓަނެޓް ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ.

ދިރާގު އިން ވިދާޅުވީ، އެކުންފުނިން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓާއި، ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓް ޚިދުމަތްތަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ.

ދިމާވި މައްސަލަތަކުގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

މިރޭ 12:00 ހާއިރު ދިރާގުގެ ޚިދުމަތްތަކަށް ބުރޫ އެރި ވަކި ސަބަބުން ދިރާގުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ