ސީފުޑަށް އެލާޖިކްވި ޒުވާނާ ނިޔާވެއްޖެ

މީގެ ދުވަސްކޮޅެއް ކުރިން، ރެސްޓޯރަންޓަކުން ސީފުޑް ކައިގެން އެލާޖިކްވެ ކޯމާއަކަށް ދިޔަ، އުމުރުން 24 އަހަރުގެ ފާތިމަތު ހަނާ ނިޔާވެއްޖެއެވެ.

މާލޭގެ ރެސްޓޯރަންޓަކުން މީގެ ދުވަސްކޮޅެއް ކުރިން ސީފުޑް ކައިގެން އެލާޖިކް ވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރު، އަޙްމަދު އައްސަދުގެ ދޮށީ އަންހެން ދަރި، ފާތިމަތު ހަނާއެވެ.

ހަނާ އެލާޖިކްވެ ހާލު ދެރަވެފައިވަނީ އޭނާގެ ރަށްޓެއްސެއްގެ ތަށިން ރަޙަ ބަލާލުމުގެ ގޮތުން ސީފުޑް ކެއުމުންނެވެ. ހަނާ އަކީ އަބަދުވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމުގައި މީގެ ކުރިން އޭނާގެ ބައްޕަ އައްސަދު ބުނެފައިވެއެވެ.

ހަނާ ރަނގަޅުވާނެ ކަމުގެ އުންމީދު ޑޮކްޓަރުންވެސް ކަނޑާލައިފައި ވަނިކޮށް، ނިޔާވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ