ހަނާގެ ކަށު ނަމާދު މިރޭގެ ފަތިސް ނަމާދަށްފަހު އާސަހާރާގައި

ސީފުޑް ކައިގެން އެލާޖިކްވެގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 24 އަހަރުގެ ފާތިމަތު ހަނާ އަސްއަދުގެ ކަށު ނަމާދު މިރޭ ފަތިސް ނަމާދަށްފަހު އޮންނާނެ ކަމަށް އާއިލާއިން ބުނެފިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދުގެ ދޮށީ އަންހެން ދަރިކަނބަލުން، ހަނާގެ އާއިލާއިން ބުނީ، ހަނާގެ ކަށު ނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާާސަހަރާ މިސްކިތުގައި ކަމަށެވެ.

އަދި ވީހާވެސް ގިނަ ބޭފުޅުން ހަނާގެ ކަށު ނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެެކެވެ


ހަނާއަކީ މީގެ ކުރިންވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމަށް ހަނާގެ ބައްޕަ، އައްސަދު ވިދާޅުވެފައިވާއިރު، ހަނާ ނިޔާވެފައި ވަނީ އޭޑީކޭގެ އައިސީޔުގައި ފަރުވާދެމުން ދަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް