ހުޅުލެއާއި ހުޅުމާލެ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ 11:40 ހާއިރު ހައިވޭގައި ދުއްވާފައިދިޔަ ދެ ސައިިކަލް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ފުހުލުންނަށް ލިބިފައިވާ ކަމަށެވެ.
"މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއާއި ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލުގެ ތެރެއިން އެއް ސައިކަލްގެ މުއްގަނޑު އަނެއް ސައިކަލުގައި އަޅައިގަތުމުގެ ސަބަބުން." ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ދެމީހުނަށްވެސް އެކިވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.




