މިރޭގެ އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ފޮޓޯ: އަވަސް

ބަޑި ބުރާސްފަތި ލައިވް: ހަތްމީހުން ހައްޔަރު, ބޮޗޭވެސް ހިމެނޭ

22:05 ބަޑި ބުރާސްފަތި އެއްވުން ކުރިޔަށްދިޔައިރު މޯބައިލް ސިގްނަލް ފުލުހުން ޖޭމްކުރިކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރޭ

22:00 ބަޑި ބުރާސްފަތި އެއްވުން ނިންމާލީކަން އިއުލާންކޮށްފި

21:45 ބަޑި ބުރާސްފަތި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއްކަން އަންގައި ފުލުހުން މި އެއްވުން ރޫޅާލުމުގެ މަސައްކަތް ފަށައިފި

21:35 "ދިވެހި ސަރުކާރަކަށް ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާކަށް ނުކެރޭނެ، އެއީ ބަފާބެ ބައިވެރިވާ ދުވަހަކަށް ވާތީވެ" - އިބްރާހިމް ސުޖާ

21:32 މުޒާހަރާގެ ބައިވެރިންދަނީ ހޯމް މިނިސްޓަރ އިމްރާނުގެ އިސްތިއުފާއަށްވެސް ގޮވާލަމުން

21:25 ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝިއްދީގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލައްވައިފި

21:21 މައުލޫމާތު ލިބޭގޮތުގައި މިހާތަނަށް ފުލުހުންވަނީ ޖުމްލަ 10 މީހުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި

21:15 މިރޭގެ މުޒާހަރާގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު ބޮޗޭ ހިމެނޭ

21:10 'ބަޑި ބުރާސްފަތި" އެއްވުމުގައި މިހާރު ވާހަކަދައްކަވަމުންދަނީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް

21:05 އެއްވުމުގެ ތެރެއިން ފުލުހުންވަނީ ދެމީހަކު ހައްޔަރު ކޮށްފަ

21:03 އެއްވުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން މިހާރު ގެންދަވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު.

21:00 ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ‘ބަޑި ބުރާސްފަތި’ ނަމުގައި މިރޭ ކުރިޔަށް ގެންދާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ