ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސަރުކާރުން އުފައްދާ އެސްއެމްއީ ބޭންކު ހިންގުމުގެ ލައިސަންސް މިއަދު ދީފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއެމްއީ ބޭންކަކީ 100 ޕަސެންޓު ސަރުކާރުން ހިއްސާވާ ބޭންކެއް ކަމަށާއި، މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށެވެ.
MMA has licenced SME Development Finance Corporation Pvt. Ltd. to conduct financing business in the Maldives
— MMA (@MMA_Maldives) February 28, 2019
For more info: https://t.co/hUR964Er8A pic.twitter.com/oTQdEJk8Gj
އެސްއެމްއީ ބޭންކުގެ ސަބަބުން މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމުގައި އެމްއެމްއޭ އިން ވިދާޅުވިއެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ އެސްއެމްއީ ބޭންކުން އަންނަ މަހުގެ ތެރޭގައި ލޯން ދޫކުރަން ފަށާނެ ކަމުގައެވެ. މި ބޭންކުގައި ސިޓީ ކައުންސިލްތަކުގެ ހިއްސާވެސް އޮންނާނެއެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް %5 ހިއްސާ ހިމެނޭނެ ކަމަށްވެސް އެމްއެމްއޭ އިން ވިދާޅުވިއެވެ.