ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުޤީޤް އަޑުއެހުން ފަސްކޮށްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲގެ ތަހުޤީޤް އަޑުއެހުން ފަސްކުރެވިފައިވާ ކަމަށް ޖުޑީސަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވެފައިވަނީ މި ތަޙުޤީޤު އަޑުއެހުން ފަސްކުރެވިފައިވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީކަމަށާއި އެނބުރި ވަޑައިގެންނެވުމުން ތަޙްޤީޤުގެ އަޑުއެހުން ކުރިއަށް ގެންދެވޭނެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ. އަދި އޭނާގެ އެދިލެއްދުމަށް މި މައްސަލަ ކުރިޔަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

އޮކްޓޫބަރު 30 ވަނަ ދުވަހު ބޭއްވި ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހުށައަޅާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަލައިނުގަންނަން ނިންމައި ތަހުގީގު ވަނީ ފަސްކޮށްފިއެވެ. އަދި އޭނާއަށް ވަނީ ވަކީލަކު ހޯދުމަށް އެންމެފަހު ފުރުސަތު ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ