ލ.ގަމުން އެއަތޮޅު މާމެންދުއަށް ދަތުރުކުރަނިކޮށް ހުކުރު ދުވަހުގެ ރޭ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައިވާ، ޝިމާ ނާފިޒް ގެއްލުމުގެ ކުރިން އޭނާ އާއި އެކު ދަތުރުކުރި މުހައްމަދު ފަޒީލް، ޝިމާ ރޭޕް ކުރަން އުޅެފައިވާ ކަމަށް ޝިމާގެ އާއިލާ އިން ތުހުމަތުކޮށްފިއެވެ.
ޝިމާގެ އާއިލާ އިން ފަޒީލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު، ޑިންގީ ބަންޑުން ޖަހާލި ކަމަށް ބުނާ ހާދިސާ އާއި ގުޅޭގޮތުން ފަޒީލްގެ ވާހަކަތައް ހުރީވެސް އެކި ފަހަރު އެކި ގޮތަށެވެ.
ފަޒީލް ޝިމާ ރޭޕް ކުރަން މަސައްކަތް ކޮށްފައި ކަމަށް އާއިލާ އިން ބުނެފައިވަނީ ޝިމާގެ އެކުވެރިންގެ ވާހަކަތަކުގެ މައްޗަށް ބުރަވެގެންނެވެ. މީގެ ކުރީގައި ފަޒީލް ސިމާ ރޭޕްކުރަން އުޅުނު ވާހަކަ ޝިމާ ވަނީ އޭނާގެ ބައެއް ރަހުމަތްތެރިން ކައިރީގައި ބުނެފައެވެ. ނަމަވެސް ޝިމާގެ އާއިލާއަށް އެކަން އެނގުނީ ޝިމާ ގެއްލުނު ފަހުން ރަހުމަތްތެރިން އެވާހަކަތައް އާއިލާ އަށް ކިޔައިދިނުމުންނެވެ.
ޝިމާ އަކީ ފަަޒީލްގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ލ.ގަމަށް ގޮސް ވަރަށް ގިނައިން ޝިމާ ފަޒީލް އާއި އެކު އުޅޭތަން އާއްމުކޮށް ފެންނަ ކަމަށް އެރަށު މީހުން ބުނާއިރު، ޝިމާގެ އާއިލާއިން ކުރި ތުހުމަތާ ގުޅިގެން ފަޒީލް އެއްވެސް ބަހެއް ބުނުމަށް ވަނީ އިންކާރު ކޮށްފައެވެ.
ޝިމާ ގެއްލުނުތާ ހަފްތާއެއްވީއިރު، ޝިމާ އަދި ޝިމާ ދަތުރުކުރި ޑިންގީގެ އެއްވެސް ހިލަމެއް ނުވެއެވެ. ނަމަވެސް ޝިމާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.





2 Responses
Kobaheythikamugahenmyneymeehunhifaahyarukuranweenudho
Ruhumuga kuraanee.
reypkuran ulefa evaahaka dhakkafaves eynayaa ekkoh ulhunu. Ehenve mibunee ruhumuga a reypehnokney.