NEW DELHI, INDIA - NOVEMBER 9: Heavy blanket of smog at Indira Gandhi International Airport terminal 1D on third consecutive day on November 9, 2017 in New Delhi, India. Air pollution levels in the national capital continued to be severe as dense smog engulfed the city, leading to delays in flight and train services. (Photo by Burhaan Kinu/Hindustan Times)

ދިއްލީގެ ވައި ވަރަށް ނުސާފު، ގިނަ ފްލައިޓުތަކަކަށް ބުރޫ އަރަައިފި

އަވަށްޓެރި އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ވައި، އިންތިހާ ދަރަޖައަށް ނުސާފުވެފައިވާއިރު، އެކަމުގެ ސަބަބުން އެސިޓީގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ.

ދިވާލީ އަށްފަހު ވައި ނުސާފުވުން އިތުރުވެފައިވާއިރު، މިކަމުގެ ސަބަބުން، އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބައެއް ދަތުރުތައް ޑިލޭވެ، ބައެއް ފްލައިޓުތައްވަނީ ޑައިވާޓްވެސް ކޮށްލާފައެވެ. އެގޮތުން، 37 ދަތުރަކަށް ބުރޫ އަރާފައިވާއިރު، އޭގެތެރޭގައި ބައިނަލްއަޤުވާމީ އެއް ދަތުރުވެސް ހިމެނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން، ވިޒިބިލިޓީ ނުވަތަ ފެންނަ މިންވަރު ދަށްވުމުން، ރައްކާތެރިކަމަށްޓަކައި ފްލައިޓްތައް ކެންސަލް ކޮށްލިއިރު، މިކަން ކަމާ ބެހޭ ފަރާތްތަކުން މީޑިޔާ އަށް ކަށަވަރުކޮށްދީފައިވެސްވެއެވެ.

ވައި ތަޣައްޔަރުވުން މިން ކުރާ އެކި އިންޑެކްސްތަކުން، އިއްޔެ ދިއްލީގެ ވައި ތަޣައްޔަރުވެފައިވަނީ އިންސާނުން ނޭވާލުމަށް އެއްގޮތަކަށްވެސް އެކަށީގެން ނުވާ މިންވަރަކަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ދިއްލީގެ ޗީފް މިނިސްޓަރު، އަރްވިންދު ކެޖްރިވާލުވެސް ވިދާޅުވެފައިވަނީ ނޭވާލާން ރައްކާތެރި ނުވާ މިންވަރަށް އުތުރު އިންޑިޔާ ސަރަޙައްދުގެ ވައި ތަޣައްޔަރުވެފައިވާކަމުގައެވެ.

18 މިލިޔަން މީހުން ދިރިއުޅެމުން އަންނަ ދިއްލީއަކީ، ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވެފައިވާ ސިޓީކަމުގައި، "ގްރީންޕީސް" އިން އެކުލަވާލި ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ. ދިވާލީގައި ބޭނުންކުރާ ފަޓާސްފަދަ އެއްޗެހީގެ ސަބަބުންނާއި، މި ދުވަސްވަރަކީ ދިއްލީ ސަރަޙައްދުގެ ދަނޑުތައް ރޯކުރާ ދުވަސްވަރުކަމުން، އިންތިހާ ދަރަޖައަށް ވައި ތަޣައްޔަރުވާން މަގުފަހިކުރުވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ