26 އަހަރުގެ ޒުވާނާ ވެއްޓުނު ސައިކަލް - ފޮޓޯ: ޕޮލިސް

ސައިކަލަކުން ވެއްޓި ޒުވާނަކު އައިސީޔޫގައި

ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ވެއްޓުނު ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ، 2019 ނޮވެމްބަރު 4 ވަނަ ދުވަހުގެރޭ 23:50 ހާއިރު ފުވައްމުލަކު ސިޓީ ސްޓޭޑިއަމް ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ވެއްޓި މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރުގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލް ވެއްޓުމުގެ ސަބަބުން." ފުލުހުން ވިދާޅުވިއެވެ.

26 އަހަރުގެ ޒުވާނާ ވެއްޓުނު ސައިކަލް - ފޮޓޯ: ޕޮލިސް

މި ހާދިސާ ހިނގި ވަގުތު ސައިކަލް ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އެމީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގި ވަގުތު އެ ސައިކަލުގައި އިނީ 26 އަހަރުގެ މީހާ އެކަނި ކަމަށާއި، އޭނާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ