ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ވެއްޓި ކޯމާގައި އޮތް ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ނޮވެމްބަރު 4 ވަނަ ދުވަހުގެރޭ 23:50 ހާއިރު ފުވައްމުލަކު ސިޓީ ސްޓޭޑިއަމް ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ވެއްޓި އަނިޔާވެފައިވަނީ ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރުގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލް ވެއްޓުމުގެ ސަބަބުން ކަމަށެވެ.
އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ސައިކަލުން ވެއްޓި 26 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު އެވަގުތު ސައިކަލުގައި އިނީ އޭނާ އެކަންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
								
											


														
														
														
														
														
														
								
ހިޔާލު
Get well soon brother