ޕްލާސްޓިކް ބޭނުން ކުރުމާއި ދެކޮޅަށް ބާއްވާ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ޕެރެމޯޓާ ދުއްުވުމުގެ ހަރަކާތް ދިރާގުން ސްޕޮންސާކޮށްފިއެވެ.
ޕެރަމޮޓޯ މޯލްޑިވްސް 2019ގެ ނަމުގައި މި އިވެންޓު އިންތިޒާމް ކުރަނީ ސްކައިގާއިޒްގެ ފަރާތުންނެވެ.
މި އިވެންޓްގެ ލީޑް ސްޕޮންސާ ދިރާގުން ވިދާޅުވީ، ސްކައި ގައިސް އިން ކުރިއަށްގެންދާ މި ހަރަކާތުގައި ދިރާގުން ބައިވެރިވާން ނިންމީ، ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގައި އެ ކުންފުނީގެ އެއްބާރުލުން ދީ އެކަމަށް މީހުން ހޭލުންތެރި ކުރުވުން ކަމަށެވެ.
ދިރާގުން ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގައި ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް އިވެންޓްކަމަށާއި، މި އިވެންޓްގެ ސަބަބުން ސްކައި ސްޕޯޓް ޓުއަރިޒަމްގެ ރާއްޖޭގައި ހިންގުމުގެ އެހީއަކަށް މި އިވެންޓް ވެގެންދާނެ ކަަމަށެވެ.
އަދި މި އިވެންޓްގެ ތެރޭގައި ދިރާގާއި ގުޅިގެން ހާއްސަ އެވެއާނެސް ސެޝަންތަކެއްވެސް އެކި ރަށްތަކުގައި ކުރިއަށްގެންދާނެ ކަމަށްވެސް މައުލޫމާތުދެއެވެ.
މިއަދު ފެށި މި ހަރަކާތް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.