ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

މާލެއަށް ބަނގުރާ އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށްފި

މާލެއަށް ބަނގުރާ އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލެއަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން ހައްޔަރުކޮށްފައި ވަނީ މިއަދު 14:35 ހާއިރު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އުމުުރން 18 އަހަރު ނުވާ ކުއްޖާއި، 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މާލެއަށް ބަނގުރާ އެތެރެކުރި ބަޔަކު ފުލުހުން ހައްޔަރުކުރިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ދެ މީހަކު މިދިޔަ މަހުގެ ތެރޭގައި ލ.ކަލައިދޫންވެސް ހައްޔަރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ