ފޭސްބުކުން ލައިކް ބަޓަން އެއްލައިލާކަށް ނުވޭތަ؟

ފޭސްބުކް އަށް މީހުން ދޫކޮށްލާ ފޮޓޯތަކަށް "ލައިކް" ޖެޖެހުމަކީ އެއީ މިހާރު މާ ކުރީގެކަމެކެވެ. 2016 ވަނަ އަހަރު ފޭސްބުކް އިން "ރިއެކްޝަން" ބަޓަން ތައާރަފް ކުރި ހިސާބުން "ލައިކް" މިވަނީ "ކަޓު" އެއްޗަކަށް ވެފައެވެ.

މީހަކު ކުރާ މަޖާ ޕޯސްޓް އަކަށް އެންމެން "ހަހަ" ރިއެކްޓް ކޮއްފައިވަނިކޮން އެކަކު ނަމަވެސް "ލައިކް" ޖަހައިފި ނަމަ އެވާ ފޫއްސެއް ބުނެދޭކަށް ނޭގެއެވެ. މިހާރު "ލަވް، ވާއު، ސޭޑް ނުވަތަ އެންގްރީ" ރިއެކްޓް ކޮއްފައިވާ ޕޯސްޓަކަށް "ލައިކް" ޖެހިޔަސް ވަނީ ހަމަ މިހެންނެވެ.

ފޭސްބުކް "މީމް" ތަކުގައި ޕޯސްޓްތަކަށް ރިއެކްޓް ނުކޮށް "ލައިކް" ޖަހާނީ ގަމާރުން ކަމަށް ވެސް ދަނީ ބުނަމުންނެވެ. އަދި ސްޓޭޓަސް ތަކުގެ ޒަރިއްޔާއިން އެމީހެއްގެ ޕޯސްޓް ތަކަށް "ލައިކް" ޖަހާ މީހުން އަންފްރެންޑް ކުރާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އާންމުގޮތެއްގައި މިހާރު "ލައިކް" ބަޓަން ބޭނުން ކުރަނީ މީހުން ރުޅިއެރުވުމަށެވެ.

"ލައިކް" ބަޓަން ދެކެ މީހުން މިހާ ރުޅިއައިސް ފޫހިވާއިރު އަދިވެސް ފޭސްބުކް އިން "ލައިކް" ބަޓަން ނަގައި އެއްލައިލާކަށް ނުވޭހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް