ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރިޔާސީ ކޮމިޝަނގެ ތަހުގީގު ރިޕޯޓު ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އަފްރާޞީމް ގެ މަރަށް 7 އަހަރު ވެފައިވާއިރު، މަރާލައިފައިވާ މީހުންނާއި ގެއްވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި މަރު ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އަފްރާޝިމް އަވަހާރަކޮށްލަން ފަންޑުކުރި މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ހޯދައި ތައްޔާރުކުރި ރިޕޯޓު ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
ޑރ. އަފްޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު، އޭނާ ދިރިއުޅުއްވާ ގޭގެ ސިޑި ގޮޅި ކައިރީގައެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ވަނީ މަރުގެ ހުކުމްކޮށްފަ އެވެ.
އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.



