ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައިލަމް - ފޮޓޯ: ސަން

ޔާމިނުއަށް ޖަލު ޙުކުމެއް އިއްވާނެކަމުގެ ޔަޤީންކަށް ނުދީފިނަމަ މައްސަލަ ބަލާނެކަމުގެ އިންޒާރުދިން: ޙައިލަމް

ކުރީގެ ރައީސް ޔާމިނުއަށް ޖަލު ޙުކުމެއް އިއްވާނެކަމުގެ ޔަޤީންކަށް ނުދީފިނަމަ އަލްހާން ފަހުމީއާ ދެމެދު ހިނގި ފައިސާގެ މައްސަލަ ބަލާނެކަމުގެ އިންޒާރު ކުރިން ދިންކަމަށް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.

ޙައިލަމް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ރާމިނުގެ މައްސަލާގައި ޙުކުމް އިއްވަށް ކުޑަ ވަގުތުކޮޅެއް ވެފައި ވަނިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށް ނިންމަވާފައިވާކަމަށްބުނެ ސަސްޕެންޑް ކޮށްފައިވަނިކޮށް އެކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

މިބަޔާނުގައި ޙައިލަމް ވިދާޅުވީ، އޭނާއަކީ ކްރިމިނަލް ކޯޓުގައި މަސައްކަތްކުރަމުން ގޮސްފައިވާ މީހެއް ކަމަށްވާއިރު، އަލްހާން ފަހުމީއަކީ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ މާކުރިން ފެށިގެންވެސް ގާތް ރަޙުމަތްތެރިއެއްކަމަށެވެ. އަދި އަލްހާން ފަހުމީއާއި ދެމެދު އޮންނަ ގުޅުމަށް ބަލާއިރު އޭނާގެ މަޞްލަޙަތެއް އޮތް އެއްވެސް މައްސަލައެއް އޭނާއަށް ނުވެސް ބެލޭނެކަމަށާއި އަދި އެފަދަ މައްސަލައެއް ބަލާފައި ނުވާނެކަމަށްވެސް މިބަޔާނުގައި ޙައިލަމް ވިދާޅުވިއެވެ.

ޙައިލަމް އިތުރަށް ވިދާޅުވީ، މާލެ / މއ.ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް އޭނާއަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތައިގެން ވަރަށް ގިނަ މަސައްކަތްކޮށްފައިވާކަމަށާއި، އަދި އެމަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުކަމަށެވެ.

"ސަރުކާރުގެ ވަރަށް އިސްމަޤާމުތަކުގައި ތިބި ފަރާތްތަކަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވޭ. އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އިސްވެ ބަޔާންކުރެވުނު 19 މެއި 2019 ވަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތްކަމަށާއި ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައިވޭ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދިން." ޙައިލަމްގެ ބަޔާނުގައިވެއެވެ.

އަދި ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ކިތަންމެ މަތީ މަޤާމެއްގައިހުރި ފަރާތަކަށް ވިޔަސް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެކަމަށްވެސް ޙައިލަމް ވިދާޅުވިއެވެ. މީގެއިތުރުން ޙައިލަމްވަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރަނގަޅަށް ބަލާނުލެވި އިޖުތިމާއީ ގުރޫޕަކަށް ލެވުނު ޕޯސްޓަކީ ވަރަށް ވެސް ހިތާމަވެރިކޮށް ހިނގިކަމެއްކަމަށްބުނެ، އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން މާފަށްވެސް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ