ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައިލަމް - ފޮޓޯ: ސަން

ދައުލަތުގެ މާލީ މައްސަލަތަކުގައި އިޢުތިރާފުގެ އެއްބަސްވުން ޕީޖީ އަށް ނުހެދޭނެ: ހައިލަމް

ދައުލަތުގެ ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި އިޢުތިރާފުގެ އެއްބަސްވުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ނުހެދޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާއަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް ހުށަހަޅުއްވުމާއި ގުޅިގެންނެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލުވި މައްސަލައިގައެވެ.

ހައިލަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުމަކީ ތަޙްޤީޤު މަރުޙަލާގައި ހެދޭ އެއްޗެއް ކަމަށާއި ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި (ކާފީ ހެކި ހުރިނަމަ) ނަސޭހަތް ދީ، އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީ އަށް ލިބިގެނެއް ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ