ސަސްޕެންޑުވާން ބޭނުން ނޫންނަމަ، ޤާޟީ އަލީ ރަޝީދަށް ޖެހޭނީ ކުރީގެ ރައީސްޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް މަނީ ލޯންޑްރިންގެ ތުޙުމަތުކޮށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލާގައި އޭނާ ޖަލަށް ލާން ޙުކުމްކުރަންކަމަށް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
މާލެ / މއ.ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މަނީލޯންޑްރިންގެ މައްސަލައާ ގުޅުވައިގެން ޙައިލަމް މަޤާމުން އެކަހެރިކޮށް އޭނާގެ އަބުރުކަތިލުމުގެ ޢަމަލުތައް ހިންގަމުންދާކަމަށް ތުޙުމަތުކޮށް ޙައިލަމް މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސްވެރިން އެދިފައިވާކަމަށާއި އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތްކަމަށާއި ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރު ދީފައިވާކަމަށެވެ.
އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައިވާއިރު، މިނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެކަމަށާއި، އަދި ސަސްޕެންޑްވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެކަމަށްވެސް މިބަޔާނުގައި ޙައިލަމްވަނީ ވިދާޅުވެފައެވެ.
އަދި އަލްހާންއާއި ދެމެދު ހިނގި ފައިސާ މުޢާމަލާތުގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެމައްސަލަ ނުބަލަން ފުލުހުން ކުރިން ނިންމިކަމަށްވެސް ޙައިލަމްވަނީ ވިދާޅުވެފައެވެ.
ހިޔާލު
މި ސަރުކާރު ގެ އަސްލު ބޭނުމަކީ ކޮންމެ ގޮތެއްހަދައިގެން ވިޔަސް ކުރީގެ ރައިސް އަބްދުﷲ ޔާމިން ބޮލުގައި ކޮންމެވެސް ތުހުމަތެއްއަޅުވައިގެން ޔާމިން ޖަލައް ލުން އެއި ރައިސް ޔާމިން ވެރިކަމުގައި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަށީދު 13 އަހަރަށް ޖަލައް ލުމުން ނަށިދު ހިފާ ބަދަލެއް.