ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތަކުން ވެއްޓި ޗައިނާ މީހަކު މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައި މިއަދު ހެނދުނު 08:30 ހާއިރުއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި ޗައިނާގެ ރައްޔިތެއް މަރުވެފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ވެއްޓުނީ ނުވަ ވަނަ ފްލޯއިން އެ އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިފަހަކަށް އައިސް ހަނދަމުން ދާ އިމާރާތްތަކުން މީހުން ވެއްޓި މަރުވުން ވަނީ އާންމުވެފަ އެވެ.