އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުން އެބޭފުޅުންގެ ޝުޢޫރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ހިއްސާކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު ކުރިއަށްދާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރަމުންދާ ޖަލްސާ ބައްލަވަން ބައެއް ރައްޔިތުންނާއެކު ހުންނެވި ފޮޓޯތަކެއް ހިއްސާކުރައްވަމުންނެވެ.
ހޮޓަލެއްގެ މޭޒު ކައިރީގައި އިށީންދެ ހުންނަވައި އެތާ ތިއްބެވި ބޭފުޅުންނާއި މަޝްވަރާ ކުރައްވާ މަންޒަފު މި ފޮޓޯ ތަކުން ފެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިހާރު ކުރިއަށްދާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރަމުންދާ ޖަލްސާ ބައްލަވަނީ. ބަޖެޓާއި ގުޅޭގޮތުން ރައްޔިތުން އެބޭފުޅުންގެ ޝުޢޫރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހިއްސާކުރެއްވި. pic.twitter.com/Wcpsn9zVuQ
— People's Majlis (@mvpeoplesmajlis) November 12, 2019
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ބަޖެޓަށް ބަހުސް ކުރާއިރު، މެމްބަރުން ގޭގައި ތިއްބެވިޔަސް، ބަހުސަށް މަޖިލިހަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ މަޖިލީހަށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައެވެ.
މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރައްވާއިރު ކޮންމެ މެންބަރަކަށް 15 މިނެޓް ދެއްވާނެ ކަމަށާއި، ނަން ދަންނަވާއިރު ވަޑައިގެން ނެތް މެންބަރުންނަށް ބަހުސްގެ ފުރުޞަތު ގެއްލޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ބަޖެޓު ބަހުސް 21 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



