ވަރަށް ބޮޑަށް ފިހިގެން ގދ.ގައްދޫ ހެލްތު ސެންޓަރަށް ގެންދިޔަ ތުއްތު ކުއްޖަކަށް، ބޭސްނެތިގެން ފަރުވާ ނުދެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މަޢުލޫމާތު ލިބިހުރި މީހަކު "ފެށުމަށް" ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ މިއަދު ހެނދުނު ކަމަށާއި، ތުއްތު އަންހެން ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައީ ވަރަށް ބޮޑަށް ފިހިގެން ކަމަށެވެ. ތުއްތު ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަތާ ދެ ގަޑިއިރު ވީއިރުވެސް އުނގުޅާނެ ބޭސް ނެތިގެން ފަރުވާ ދެވިފައި ނުވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ފެށުމަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ތުއްތު ކުއްޖާގެ ބަނޑާއި، ފަލަމަސްގަނޑު އަދި ފައިގެ ވަރަށް ބޮޑު ބައެއް ވަނީ ފިހިފައެވެ. ތުއްތު ކުއްޖާ ފިހުނީ ހޫނު ސައިތައްޓެއް ގަޔަށް ބަންޑުން ގޮސްގެންކަމަށް ގައްދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.
ގައްދޫ ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ފަރުޒީނާ ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، ގައްދޫ ޞިއްޙީ މަރުކަޒުން އެކަށީގެންވާ ފަރުވާ ނުދެވުނު ކުއްޖާ މިހާރު ވަނީ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

"އެފަދަ ހާދިސާއެއް ހިނގައިގެން އުޅުނު، ސައިތައްޓެއް ގަޔަށް އެޅިގެން އެކުއްޖާ ފިހުނީ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކަޓަރަށް ގޮސްގެން ފަރުވާއެއް ނުލިބި 2 ގަޑިއިރު ފަހުން ކަމަށް ވަނީ ފަރުވާލިބުނީ." ފަރުޒީނާ ވިދާޅުވިއެވެ.
ފަރުޒީނާ އިތުރަށް ވިދާޅުވީ، ފިހުނު ތުއްތު ކުއްޖާގެ ސީދާ އުމުރު ބުނަން ނޭނގޭ ކަމަށާއި، ލަފާކުރެވޭ ގޮތުގައި އެއީ 2 އަހަރު ނުވަތަ 2 އަހަރާއި ބައި ވަރުގެ ކުއްޖެއް ކަމަށެވެ. އަދި ތުއްތު ކުއްޖާއަށް ފަރުވާ ނުދެވި ލަސްވީ ހެލްތު ސެންޓަރުގައި ބޭސް ނެތުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ކައުންސިލްގެ ނައިބު ރައީސާ ވިދާޅުވިއެވެ.

"ފެށުމަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ތުއްތު ކުއްޖާގެ ގައިގައި އުނގުޅާނެ ބޭސް ނެތިގެން ހުސްވެފައިވާ ބޭސް ފުޅިގެން ކަފާލައިގެން، ފުޅީގެ އެތެރޭގައި ހޭކިފައިހުރި ބޭސް އުނގުޅާ މަންޒަރު ފެނެއެވެ.




8 Responses
އެއީ އެއްވެސް ކަމެއްވާ ބައެއްނުން، ކުރިން ފިހިގެން އުޅުނު ކުއްޖާގެވެސް ހާލުވެސް ބަލާލީކީއެއްނުން. ހަމަ ހުސްއަނގަ ތަޅާ، ކުނި ހޮވަމުން ދުވާސަރުކާރެއްމީ. އެއްވެސް ކަމެއްކުރާކަށްނޭގޭ.
Thinadho thy eyah vure fenvara dhah thaneh magey firimeeha fihigen vs thithanah gengossgen vs 4gadu iru v fahun beyheh libunu vaanuva neygey gamaaru ulhey thanthan thy
Rahrashugai hingaa health center thakuge fenvaru varah bodah rangalhukuran ebajehey. Kobaithoa rahrashugai dhiriulhemundhaa rahyithunge hagguthakakee
Kujaa fihuny kaakuge ihumaalakuntho.konmegotheh viyas e ee varah kuda kujeh.health centre in beys ves husvefa hurikan kurin igeynedho havaaluvefa hurimeehaage naagaabilkan meegen igeynee.e kuda kujaa ah avas shifa eh dhehvaashi.
Thinadhoo in ves beyheh nulibey
Health minister phoneh nunagaa
Kober tha gadhoo ah ufan health minister?h
Ameeth isthiufaa