އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

ނާޒިމް ދިނީ ސިޔާސީ ދޮގު ބަޔާނެއް، އަދީބަކީ ޤުރުބާން ކުރެވޭ ކަންބަޅިއަކަށް ނުހައްދަވާ - އާއިލާ

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމް، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނަށް ދެއްވާފައިވަނީ ސިޔާސީ ދޮގު ބަޔާނެއް ކަމަށް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޤަފޫރުގެ އާއިލާދިން ދާދި ދެންމެ ބުނެފިއެވެ.

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބްގެ އާއިލާގެ ފަރާތުން މިހެން ބުނެފައިވަނީ، އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ދެއްވާފައިވާ ބަޔާނާއި ގުޅިގެން އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައެވެ.

"އަލްމަރްހޫމް ޑރ. އަފްރާޝިމް އަލީގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމުގައި ދަންނަވަން." އަދީބުގެ އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ އާއިލާއިން ބުނީ، އެބަޔާންތަކުގައި އަހްމަދު އަދީބްގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އަހުމަދު ނާޒިމްގެ ބަޔާން ދެއްވާފައިވަނީ އަހުމަދު އަދީބާއި މެދު ނަފްރަތު އުފައްދަން ކަމަށް އާއިލާއިން ދެކޭ ކަމަށެވެ.

"ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ އަހުމަދު ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަހުމަދު އަދީބްގެ ބޮލުގައި ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއްކަން." އަދީބުގެ އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަހްމަދު އަދީބްގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަހުމަދު އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރާކަމަށްވެސް އާއިލާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ