މިއަދު މެންދުރުފަހު މާލޭ ހެންވޭރު އަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަރަންޓް ނެޓްވޯކްގެ މަރާމާތުގެ މަސައްކަތެއް ކުރިއަށްދާތީވެ މިއަދު މެންދުރުފަހު 01:30 އާއި 02:30 އާއި ދެމެދު އެ އަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މަރާމާތުގެ މަސައްކަތްކަށް ކަރަންޓް ކަނޑާލި ނަމަވެސް، ގަޑިއެއްހާއިރުގެ ތެރޭގައި އެސަރަހައްދުތަކަށްވެސް ކަރަންޓް ލިބޭވަރު ވާނެކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއްވައެވެ.
Some customers in Henveiru may experience power interruption today as network maintenance work will be carried out from 13:30-14:30 hrs. Power will be restored within an hour.
— STELCO (@STELCOMALDIVES) November 19, 2019
ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ހެންވޭރުގައި އިއްޔެ ހަވީރުވެސް ކޮށްފައިވާއިރު، އެސަރަހައްދުން އިއްޔެވެސް ކަރަންޓް ކެނޑުނެވެ. އަދި ދިމާވި އެހެން ސަބަބަކާ ހުރެ މާލޭގެ ބައެއް އެހެން ސަރަހައްދުތަކުންވެސް އިއްޔެ ވަނީ ކަރަންޓް ކެނޑިފައެވެ.




