މާލޭގައި ދަންޖެހިގެން ފރިހެނަކު މަރުވެއްޖެއެވެ.
އަޙްމަދިއްޔާ ސްކޫލް ކައިރީގައި ހުންނަ ގެއެއްގައި އެމީހާ ދަންޖެހުނުކަމުގެ ރިޕޯޓް މިއަދު މެންދުރުފަހު 02:30 ހާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލައިގައި އިތުރަށް ވާހަކަދައްކަން ފުލުހުން ބޭނުމެއް ނުވިއެވެ.
މާލޭގައި ދަންޖެހިގެން މީހަކު މަރުވެފައިވާއިރު، ނިމިދިޔަ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ފުވައްމުލަކުގައިވެސް މީހަކު ދަންޖެހިގެން މަރުވެފައިވެއެވެ.
ހަމައެއާއެކު މިދިޔަ މަހުގެ 9 ވަނަ ދުވަހުވެސް އަންހެނަކު ދަންޖެހުނެވެ. ނަމަވެސް ށ.ފޭދޫގައި ދަންޖެހުނު އަންހެން މީހާ މަރުނުވަނީސް ވަނީ ސަލާމަތް ކޮށްފައެވެ.