އިންޑިއާ ބަޔަކު ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ އަޅުކަންކުރާ ޒާތުގެ ބުދުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފިއެވެ.
ރާއްޖެ އެތެރެކުރި ބުދުތަކެއް މިރޭ ކަސްޓަމްސް އިން ހިފަހައްޓާފައިވާކަން ކަސްޓަމްސްގެ މީޑިއާ އޮފިސަރ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އަޅުކަން ކުރަން ބޭނުންކުރާ ފަދަ ބުދުތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި 27 ކުދި ބުދާއި އެއް ބޮޑު ބުދު ހިމެނޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
އިންޑިއާ ބަޔަކު ރާއްޖެ އެތެރެ ކުރި ބުދުތައް އަތުލައިގަތް އޮޕަރޭޝަނާއި ބެހޭ މައުލޫމާތު މާދަމާ ދެއްވާނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ އަވަށްޓެރި ޤައުމެވެ. އަދި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމައުގައި އެންމެ ގާތް ރަހުމަތްތެރިޔަކަށް ހަދަނީވެސް އިންޑިއާއެވެ.
ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ފަތުރަން އަބަދުވެސް މަސައްކަތްކުރެއެވެ.




2 Responses
Ekamakee India sarukaarun kuruvi kamakah vesvedhaane
ޚަބަރު ލިޔުމުގައި ލިޔެފައިވަނީ ގޯސް ކޮށް. އިންޑިއާ އިން އެތެރެ ކުރިކަމަށް ލިޔުމުން އިންޑިއާގެ ސަރުކާރާއި މުޅިގައުމަށް ކަން ރައްދުވަނީ. ރަނގަޅު ގޮތަކީ އިންޑިއާގެ ބޯޓަކުން ރާއްޖެ ޒިޔާރަތްކުރި އެގައުމުގެ ބަޔަކު ގެނައި ތަކެތި – މިހެން ލިޔުން.