ކުޑަ ކުއްޖާ ބަލިވެއިން މައްސަލާގައި އިޙްމާލްވި ފަރާތްތަކަށް ޙައްޤު އަދަބު ލިބެންޖެހޭކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒް ބޭނުން ހިފާ، ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިންއިރު، އެކުއްޖާއަށް ދިން މިއަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، މިކަމުގައި އިޙްމާލުވި އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް ޙައްޤު އަދަބު ލިބެންޖެހޭކަމަށެވެ.
13 aharuge kuda anhen kujjehge naajaaiz beynun hifaa, jinsee goanakoh, eyge natheejaa in e kujjaa balive indhe e kujja ah mi dhin aniyaa emme harukashi ibaaraathun kuvverikuran. Mi kamugai ihumaaluvi idhaaraa thakaai hivvaru dhin faraiythakah haqqu adhab libenjehey
— Mohamed Nasheed (@MohamedNasheed) November 23, 2019
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ވަޅިން ހަމަލާދީ އަނިޔާކުރުމަށްފަހު ކަނޑަށް އެއްލާލި މީހާ ކައިވެނިކޮށްގެން އުޅުނު ކުޑަކުއްޖާ ބަލިވެއިން މައްސަލަ ފުލުހުންވަނީ ބަލަން ފަށައިފައެވެ.
އަދި މިމައްސަލާގައި ޖެންޑަރ މިނިސްޓަރީން ވިދާޅުވީ، ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާ ކަމަށެވެ.
މިކުއްޖާއާއި އިނދެގެން އުޅޭ މީހަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ގުރޫޕެއްގެ މީހެއް ކަމަށް އިތުބާރުކުރެވޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވާއިރު، އެދޯނީގައި އުޅޭ ގުރޫޕްގެ މީހުންގެ ކުށުގެ ރެކޯޑް އޮވެއެވެ. އަދި ދާދި ފަހުންވެސް ރިސޯޓަކަށް އަރާ ޑިންގީއެއް ވަގަށް ނަގަން އުޅުނުކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.





ހިޔާލު
Thikaman ves adhabudgryn vee.. dhadhifahun kaaf viligili school ge 13 kudhin thakakan jinsee gonaakuri amiran ves adhabu dheebala…eey mdp meehen veema foruvanee masala ..hama hama vaan jeheyne konme meehaku gosvias haguvaa adhabu liben jjeheune