އެމެރިކާއަށް ނަގޫރޯޅިތަކެއް އަރައި، 22 މީހުން މަރުވެއްޖެ

އެމެރިކާގެ އެލަބޭމާ ސްޓޭޓުގެ ލީ ކައުންޓީއަށް ނަގޫރޯޅިތަކެއް އަރައި، ގާތްގަނޑަކަށް 22 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، މިއީ ނަގޫރޯޅި އަރައިގެން މިދިޔަ އަހަރު މުޅި އެމެރިކާގައި މަރުވެފައިވާ މީހުންގެ އަދަދަށް ވުރެ އިތުރު އަދެދެކެވެ.

22 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާއިރު، އަދިވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޝެރިފް ޖޭ ޖޯންސް ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އާންމުން ސަމާލުވުމަށް އެ ސްޓޭޓުގެ ގަވަރުނަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އެމެރިކާގެ ނެޝަނަލް ވެދާ ސާވިސްއިން ބުނީ، އެ ހާދިސާތަކުގައި ލިބުނު ގެއްލުންތައް ބެލުމަށް ތިން ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

A wave of strong storms with possible tornadoes passed through the Chattahoochee Valley on Sunday afternoon, causing fatalities Beauregard, Ala., and dropping this cell tower across U.S. 280 in Lee County, Alabama in the Smiths Station community.

ނަގޫރޯޅީތަކެއް އަރައި ބޮޑެތި ގެއްލުންތަކެއްވެ ބަޔަކު މަރުވެފައިވާއިރު، އެ ސަރަހައްދުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ