އއ.އުކުޅަސް

ފަތުރުވެރިންނަށް އުނދަގޫވާތީ މިސްކިތެއްގައި ތާޅަފިލިން ބަންގި ނުގޮވާކަމުގެ ތުހުމަތު ކައުންސިލުން ދޮގުކޮށްފި

ގެސްޓްހައުސް ވިޔަފާރީގައި ކުރިއަރާފައިވާ އއ.އުކުޅަހު މިސްކިތެއްގައި ގެސްޓުންނަށް އުނދަގޫވާކަމަށް ކުރަމުންދާ ތުހުމަތު އުކުޅަހު ކައުންސިލުން ދޮގުކޮށްފިއެވެ.

މި ތުހުމަތު ކޮށްފައިވަނީ އާއްމު ފަރާތަކުންނެވެ. ނަމަވެސް އާއްމު ފަރާތަކުން ކުރި މި ތުހުމަތު އާއްމުންނާ ހަމައަށް ތިލަ ކޮށްފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޒައިދުއެވެ.

އާއްމު ފަރާތަކުން ކޮށްފައިވާ މެސެޖެއްގެ ސްކްރީން ފޮޓޯއަކާއެކު ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެއީ އާއްމު ފަރުދަކު ކޮށްފައިވާ މެސެޖެއް ކަމަށާއި، އެއީ ހަޤީތަކެއްނަމަ އެކަން ތަޙްޤީގުކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

"ޝެއިޚްއަށް އެނގިލައްވާތޯ އުކުޅަހުގެ މިސްކިތެއްގައި ފަތިސް ބަންގި ތާޅަފިލިން ނުގޮވާތާވެސް ވަރަށް ދުވަސް ވެއްޖެ. ކައިރީގައި އިންނަ ގެސްޓްހައުސްއަށް އަންނަ ގެސްޓުންނަށް އުނގަދޫވާތީއޯ ކިޔާފައި. މިގޮތަށް ހެދުން ހުއްދަވާނެތޯ؟" ނަން ހާމަކުރަން ނޭދޭ ފަރާތަކުން ޝެއިޚް ޒައިދުއަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވެއެވެ.

https://twitter.com/alizaid1000/status/1102431904911962112?s=19

މިކަމާ ގުޅިގެން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް "ފެށުމަށް" ވިދާޅުވީ، ޝެއިޚް ޒައިދުގެ ޓްވީޓްގައިވާ ވާހަކަތަކީ ކަނޑައެޅިގެން "ދޮގު" ވާހަކަތަކެއް ކަމަށާއި، ކަމުގެ ހަޤީގަތް ބެލުމެއްނެތި އެގޮތަށް ޓްވީޓް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ޝެއިޚް ޒައިދުގެ ޓްވީޓްގެ ސަބަބުން އުކުޅަހާ މެދުގައި ދިވެހިން ދެކެމުން އަންނަގޮތް ބަދަލުވާނެ ކަމަށާއި، އެދަގަ ހަޤީގަތެއްނެތް ވާހަކައެއް ހަޤީގަތް ބެލުމެއްނެތި ފެތުރުމުން އެކަން އުކުޅަހު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އުކުޅަހު ރައްޔިތުންނަނީ ދީނަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށްވެސް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ