ވޯޓް ކަރުދާހެއް - ފޮޓޯ: އަވަސް

ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ދެން ވާނީ ބާޠިލް!

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ، ވޯޓު ބާތިލުވާ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅީ އެ އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީން އެ ބިލް ހުށަހެޅީ ގޮތަށް ތަޅުމަށް ފޮނުވާފައިވާއިރު، އެ ބިލް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 53 މެންބަރުންގެ އިއްތިފާގުންނެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހުގައި، ބުނެފައި ވަނީ، ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ، ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ކަމަށެވެ.

ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް ކަނޑައަޅަނީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރަން ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅިއެވެ.

ޝާހިދުގެ އިސްލާހުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ