މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި ދެކުނަށް އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށާއި، ކ. އަތޮޅުން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 09:00 އިން ހަވީރު 03:00 އަށް ހއ. އަތޮޅުން ޅ. އަތޮޅަށް އަދި މެންދުރު 12:20 އިން ހަވީރު 05:00 އަށް ކ. އަތޮޅުން ލ. އަތޮޅަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for Heavy rain and thunderstorms pic.twitter.com/j5MHziUZow
— Maldives Meteorology (@MetMaldives) November 26, 2019
Alert White for Heavy rain and thunderstorms. pic.twitter.com/v7jAuPGzZK
— Maldives Meteorology (@MetMaldives) November 26, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް މީގެތެރެއިން ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް އަދި މީގެތެރެއިން ބައެއް ރަށްތަކަށް މެންދުރުފަހުން ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"އުތުރާއި މެދުތެރޭ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނު އަތޮޅުތަކަށް އިރާއި އިރުދެކުނުން، ހުރިހާ ހިސާބަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.



