މޫސުން ގޯސްވެ، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.
09:15 އިން ފެށިގެން މިއަދު ހެނދުނު 01:15 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ. މި ގަޑިތަކުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އަދި ވ. އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ގަޑިތަކުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




