ޖޯޑަންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ޕާކިސްތާން މީހުން މަރުވެއްޖެ

ޖޯޑަންގެ ދަނޑު ބިމެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޕާކިސްތާނުގެ 13 މީހުން މަރުވެއްޖެއެވެ.

އަލިފާން ރޯވެފައިވަނީ ދަނޑުބިމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގެތަކުގައެވެ. މިހާދިސާގައި މަރުވެފައިވަނީ މި ދަނޑުބިމުގައި މަސައްކަތްކުރާ ފަރާތްތަކެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވި ގެތަކަކީ ވަރަށް ފެންވަރު ދަށްކޮށް ބިނާކޮށްފައިވާ ގެތަކެކެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާއިރު ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންކަމަށް ލަފާކުރެވޭ ކަމަށެވެ.

ޖޯޑަންގެ ބޮޑުވަޒީރު އުމަރު އަލް ރައްޒާޒު ވަނީ މަރުވި މީހުންގެ އާއިލާ ތަކަށާއި އަދި ޕާކިސްތާނު ސަރުކާރަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ހާދިސާގެ އަވަސް ތަހުގީގެއް ކުރުމަށްވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.

އަލިފާނުގެ ހާދިސާ ހިނގި މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބޭރު މީހުން ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސަރަހައްދެކެވެ. އަދި މިފަރާތްތަކަށް އެންމެ އެކަށީގެންވާ ބޯހިޔާވަހިކަމުގެ ހިދުމަތްތައް ފޯރުކޮށް ނުދޭ ކަމުގެ ޝަކުވާތައް އެފަރާތްތަކުން ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ