މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެއްޓި 3 މީހުން މަރުވެއްޖެ

ފުރާންސުގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި ތިންމީހުން މަރުވެއްޖެއެވެ.

އީސީ145 މަރުކާގެ މި ހެލިކޮޕްޓަރާއި ގުޅުން ކެނޑިފައިވަނީ ރޭގެވަގުތެއްގައި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި ގުޅުން ކެނޑުނުއިރު ހެލިކޮޕްޓަރ ދަތުރުކުރަމުންދިޔައީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތައް ހޯދައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެއެވެ.

ގުޅުން ކެނޑުނު ހެލިކޮޕްޓަރ އާއި އަދި އޭގެން ދަތުރުކުރި ތިންމީހުން ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި ފުރާންސުގެ ރޯވް ޓައުން ކައިރިންނެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

ވެއްޓުނު އީސީ145 މަރުކާގެ ހެލިކޮޕްޓަރެއް

ފުރާންސުގެ އިންޓީރިއަރ މިނިސްޓަރ ކުރިސްޓޯފް ކަސްޓޭނަރ މިއަދު ނެރުނު ސުޓޭޓް މެންޓެއްގައި މަރުވި ތިންމީހުންނާއި ގުޅޭގޮތުން ބުނެފައިވަނީ، "މަރުވެދިޔައީ ފުރާންސް ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްކުރި ބަތަލުން ތަކެއް" ކަމަށެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ފުރާންސުގެ ދެކުނަށް ކުރަމުން އަންނަ ބޯ ވިއްސާރައިގައި މިހާތަނަށްވަނީ ހަމީހަކު މަރުވެފައެވެ. އަދި ބައެއް ސަރަހައްދުތަކުގައިވަނީ ފެންވެސް ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ