އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ފޮނުވާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް މެޖިލީހުގެ ކޮމެޓީއިން އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް މަޖިލީހުން ފާސްކޮށްދީފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދުގެ މަޖިލީހުގައި ބަޖެޓް ފާސްކުރަން ވޯޓަށް އެހުމުން ބަޖެޓް ފާސް ކުރުމަށް ވޯޓް ދީފައިވަނީ 77 މެންބަރުންނެވެ.
އަންނަ އަހަރަށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، ދަޢުލަތަށް އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ޓެކްސް ފައިސާއިން ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ ދަޢުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފއިވާ އާމްދަނީގެ 48 ޕަސެންޓްއެވެ. އިތުރަށް ފައިސާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަންކަމަށް ބަލާއިރު ހިލޭ އެހީއާއި އެހެނިހެން ގޮތްގޮތުން ދަޢުލަތަށް ލިބޭ ފައިސާ ހިމެނެއެވެ.
އެގޮތުން އަންނަ އަހަރު ދަޢުލާތަށް 30 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.




